މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަޙުމަދު މުޙައްމަދު

މިމަހު 7 ން ފެށިގެން ހުރިހާ ރަށެއްގައިވެސް މާސްކް އަޅައިގެން އުޅެެެން އަންގައިފި

2021 ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކު އެޅުމަށް، އެޗް.ޕީ.އޭއިން އަންގައިފިއެވެ.

ނަމަވެސް އަންނަނިވި ހާލަތްތަކުގައިވާ ފަރާތްތައް، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާނެ ކަމުގައިވެސް ބުނެފައިވެއެވެ. 

1. އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން.
2. ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު.
3. އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން.
4. ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު

މަތީގައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެ ކަމަށާއި މަތީގައިވާ ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށް އެޗް.ޕީ.އޭގެ އެންގުމުގައި ވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ