މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޖިންސީ އަނިޔާ: އެންމެން ދަންނަ ބޮޑު ސިއްރެއް!

ޖިންސީ އަނިޔާ އަކީ މިއަދަކު، އިއްޔެއަކު އުފަންވެގެން އުޅޭ މައްސަލައެއް ނޫނެވެ. ޒަމާނުއްސުރެ މުޖުތަމަޢުތަކުގެ ތެރޭގައި ހިނގަމުން އަންނަ ލާއިންސާނީ ޖަރީމާއެކެވެ. އެހެން ކަމުން މިމައްސަލައިގެ ހަގީގަތް ދެނެގަތުމަށް ތަންކޮޅެއް ފުންކޮން ފީނާލަމާ ހިނގާށެވެ.

އަނިޔާއަކަށް ވަނީ ކިހާ ހިސާބަކުންތޯއެވެ؟ މީހާ ރޮލާ ކާލީމާ ހެއްޔެވެ؟ ޤާނޫނު އަސާސީގައި އަނިޔާ އާއި ގޯނާވެސް ތަފާތެވެ. އެހެނަސް، ނުރުހުމުގައި ކުރެވޭ މިފަދަ އެންމެހާ ކަމަކީވެސް ދީނިގޮތުން ބަލާއިރު ބޮޑެތި ކުށްތަކެވެ. 
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް 1/2 ކުދިންނަށް ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން އަނިޔާލިބިފައިވެއެވެ. 

ގިނަ އާއިލާތަކުން، ނުވަތަ އެނޫންވެސް ގާތް މީހުންނަށް ޖިންސީ އަނިޔާ ލިބުމުން ރުޅި އައުމުގެ ބަދަލުގައި ފެނިގެން ދަނީ ލަދުވެތިކަމެވެ. އެވާހަކަ ދައްކާކަށް ނުކެރެއެވެ. ބޭނުމެއްވެސް ނުވެއެވެ. ދެންތިބޭ މީހުން ދެކެފާނޭ ގޮތަކަށް ބިރުންނެވެ. މަލާމާތް ރައްދު ވެދާނެތީއެވެ. ދުނިޔޭގެ ލަދަށެވެ.

އެންމެ ފަހުން އެވަނީ، އެންމެން ދަންނަ ބޮޑު ސިއްރަކަށެވެ. ނިގުޅައިގެން، ކުއްޖާގެ ޢިއްފަތާއި، ކަރާމާތުގެ ޙައްޤުގައި ވެސް އިންސާފެއް ނެތެވެ. މިފަދަ ކުށްކުށަށް އަރައިގަންނާނީ ވެސް އެ ޔަޤީން ކަން އޮތީމާތާއެވެ! ރަށްފުށު ކުދި މުޖުތަމަޢުތަކުގެ ތެރޭގައި މިފަދަ ޖަރީމާތައް ހިނގާ އަދަދު ބޮޑެތި އާބާދީ ތަކާއި އަޅާބަލާއިރު ނިސްބަތުން ގިނަ ކަމީ ވިސްނާލަން ޖެހޭ ކަމެކެވެ. 

ރާއްޖޭގައި ސެކަންޑަރީ ސުކޫލު އަންހެން ދަރިވަރުންގެ ތެރެއިން 1/3 ދަރިވަރުންނަކީ ޖިންސީ އަނިޔާގެ ޝިކާރަ އަކަށް ވެފައިވާ ކުދިންނެވެ! 

ޖިންސީ އަނިޔާ ކުރަނީ ހަމަ ދުރު ހިލޭ މީހުންބާވައެވެ؟ ނޫނެކެވެ!  ހަގީގަތަކީ ގިނަ ފަހަރު ޖިންސީ އަނިޔާ ލިބެނީ ގާތް، ނުވަތަ އިތުބާރު ކުރެވޭ ކޮންމެވެސް މީހެއްގެ ފާރާތުންނެވެ. އަނިޔާ ލިބޭ ފަރާތަށް އެވާހަކަ ދަންކަން ނުކެރޭ ހާވެސް ގާތް، އިތުބާރު ހިފޭ މީހުންގެ ކިބައިންނެވެ. އާއިލާތަކުގެ ކަރާމާތާއި، މުޖުތަމަޢުގެ އަގާއި، ޝަރަފު ހިފެހެއްޓުމުގެ ނަމުގައި މީގެ ކިތައް ޖަރީމާ އޮއްބާލެވިފައި ވޭތޯއެވެ؟ ދާދި ފަހުން ރޭޕް ކުރުމަށް ފަހު، ރައްޔިތުންނަށް އެކަން ހާމަ ވުމުން ވެސް އަދަބެއް ނެތި މިނިވަން ކަމާއި އެކު ކިތައްކިތައް ބޮޑުން އެބައުޅޭތޯއެވެ؟ މިއީ އަދި ކުޑަ މިންވަރެކެވެ! 

ޒަމާންތަކެއް ކުރިން، ދިވެހި ކަނބަލުންގެ ޢިއްޒަތާއި، ޢިއްފަތް، ސަރުކާރުގެ ބޮޑުންގެ ހައްގަކަށް ހަދާފައިވާ ކަޅު އަނދިރި ދުވަސްތަކެއްވެސް އަޅުގަނޑުމެން ދެކެފީމުއެވެ. މިލިބެނީ އަނިޔާއެއްކަން ނޭނގި އަނިޔާ ލިބޭ ކުދިންވެސް މަދެއް ނޫނެވެ. ޅަފަތުގައި ކުދިން، އެފަދަ ކަންކަމާއި ބެހޭ ގޮތުން ހޭލުންތެރި ކުރުވަން ވެއްޖެއެވެ. އަޅުގަނޑުމެންގެ ގެތަކާއި، މަދަރުސާތަކާއި އަދި މަގުތަކަކީ އަޅުގަނޑުމެންގެ ދަރީންނަށާއި، އަނބީންނަށް ރައްކާތެރި ތަނެއްތޯ ސުވާލު ކޮށްލަން ޖެހެއެވެ. 

އަނިޔާ ލިބުމަކީ ކުށެއް ނޫން! "ވިކްޓިމް ބްލޭމިން" ނުވަތަ އަނިޔާ ލިބޭ ފަރާތް ކުށްވެރި ވާގޮތަށް ވާހަކަ ދެއްކުމަކީ، ވަރަށް އާންމު ކަމެކެވެ. އަނިޔާއެއް ލިބުމަކީ ތިމާގެ ކުށެއް ނޫނެވެ. އަދި މުޅި އުމުރު އެ "ލޭބަލް" އަޅައިގެން އެކަމުގެ ޝިކާރައަކަށް ވާން ޖެހޭ ސަބަބެއްވެސް ނޫނެވެ. މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ޓަކައި މުޅި މުޖުތަމަޢު އަދި ވަކިވަކި ފަރުދުންވެސް އެބައިމީހުންގެ ޒިންމާ އަދާކުރަން ޖެހެއެވެ. އަނިޔާވެރިންނަށް ހައްގު އަދަބު ދީ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ. އަނިޔާ ލިބުމަކީ ލަދެއް ނޫނެވެ. އަދި ތިމާގެ ޝަރަފާއި، ޢިއްޒަތާއި، ކަރާމާތަށް ކުޑަވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ! 


ރިފަރެންސް: https://www.unicef.org/maldives/what-we-do/child-protection

މިލިޔުން ކިޔާލުމުން

14%
އުފާވި
86%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

5 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޖައްރާފް 3 years ago

މަހާޖައްރާފު އައިއްސިޔޯ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފަންސަވީސް 3 years ago

ވާގޮތަކީ އަދި ކޮއްޓާލިޔަސް ނުކެރޭ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މޫސުން 3 years ago

ފައިނު އޮންލައިން ތަފާތީ މިހެންވެ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ރާ އަތޮޅު 3 years ago

ވަރަށް ސަޅި އާޓިކަލް އެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 3 years ago

ނަލަ ލިޔުމެއް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ