މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ކައްޗަށް އެޅިއްޖެތަ ބިންގަލެއް؟

ދެން ވާނެ ގޮތް އެގި ލައްވާ ދެއްތޯ؟ މި ދައްކަނީ އެއްގޮތަކަށްވެސް ޢިމާރާތެއްގެ ބިންގާ އަޅާ ވާހަކަ އެއް ނޫނެވެ. އެއަށްވުރެ އަގުމާތް ގުޅުމެއްގެ ބިންގާ އަޅާ ވާހަކަ އެވެ. އެ ބިންގަލުގެ ކަތިމިން ދެ ދުނިޔޭ އަބާއްޖެވެރި ކުރާނެ ކަމެއްގެ ވާހަކަ އެވެ. އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ކަމުގައިވި ދަރިންގެ ވާހާކަ އެވެ. އާދެ ދަރިންގެ ތަރުބިއްޔަތުގެ ވާހަކަ އެވެ. އެ ކުދިންގެ ޚުލުޤުގެ ވާހަކަ އެވެ. ޅަފަތުގެ މައުސޫމުކަން ކަޑައްތުކޮށް ބުނާއެއްޗެއް ފަހުމް ވާ ޢުމުރުގައި ކުދިން ކިޔަމަންނުވާ ވާހަކަ، މިއީ ބެލެނިވެރިން އަދި މުދައްރިސުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހަމަ މި ނޭވާގައި ޤައުމު ފަޚުރުވެރިވާ މައިންބަފައިން ހިނިތުންކުރުވާ ބޮޑު އާބާދީ އެއްވެސް ވާކަން ހިތްހަމަޖެހިގެންވާ ހާލު ފާހަގަ ކޮށްލަމެވެ. 
 
ހުރިހާ ގޮތަކުން އިޖުތިމާޢީ ފޭރާން ވީދި ދޭދޭ ގުޅުންތައް ހަފުސްވެފައިވާ މިޖީލުގައި ބެލެނިވެރިންގެ ހައިސިއްޔަތުން ކުދިން މަގުން ކަސިޔާރުވެގެން ސުލޫކީ މައްސަލަތައް ޖެހި އެކަންކަމުގެ ހައްލު ނޭނގި ތިބުމަކީ ލާއިގު ކަމަކަށް ނުވާނެއެވެ. މައްސަލަތައް ހައްލުކުރަން ކުރަންވީ ކަމެއް ވިސްނާލިން ހެއްޔެވެ؟ އަބަދުވެސް ނަމޫނާ ދައްކަންވީ ވާހަކަ އަޑު އަހާނެއެވެ. ތެދެކެވެ. ދައްކަންވީ އެވެ. ރިވެތި ނަމޫނާ ދައްކާށެވެ. އެއްމެ މުހިއްމު ކަމެއްގެ ގޮތުގައި އެއްމެ ތުއްތު އިރުން ފެށިގެން ކުދިންނަށް ދުޢާ ކުރުމުގެ މުހިއްމު ކަމާއި މުއުމިނެއްގެ އެއްމެ ބާރުގަދަ ހަތިޔާރަކީ އެއީ ކަން ވިސްނައި ދޭށެވެ. ހަމަ މި އުސޫލުން ޒަވާޖެއް ފެށުމަށް ގަސްދު ކުރާ ކުރާ ހިސާބުން ތިމާގެ ދަރިންނަކީ ހެޔޮލަފާ ދަރިންނަށް ވުމަށް އެދޭށެވެ. ވަރަށް ގިނަ ފަހަރު ފެންނަ މަންޒަރެކެވެ. ވަރަށް ކިޔަމަންތެރި އަދަބު ވެރި ދަރިން ވެސް ނަމާދަ ފަރުވާ ކުޑަ ކުރެވޭ ތަން ފެނެއެވެ. ނަމަވެސް ތިމާގެ ދަރިން ނަކީ ނަމާދުކުރުމަށް އިސްކަންދޭ ކުދިބަޔަކަށް ވޭތޯ ގިނަގިނަ އިން ދުޢާކުރާށެވެ. މިނޫނަސް ހިތްއަލި ވިސްނުންތޫނު ބަޔަކަށް ވުމަށްވެސް ދުޢާ ކުރާށެވެ. ލަސްތަކެއް ނުވެ ދެދުނިޔެ ބާއްޖަވެރިވުމަށް މަގު ފެނިދާނެއެވެ. 
 
ދުނިޔެ އައީ އެކަނި އުޅޭކަށް ނޫނެވެ. ކޮންމެ މީހަކަށް ވެސް އެކުވެރިންގެ މަދަދު ބޭނުންވާނެއެވެ. މި ގޮތުން ޚިޔާރު ކުރާ އެކުވެރިންނަކީ ވެސް ބާއްޖަވެރިކަމަށް މަގު ދައްކައިދޭ ބަޔަކަށް ވާންޖެހެއެވެ. ކުއްޖާ ފުރަތަމަ މިތުރަކަށް ވާންވާނީ މަންމަ އެވެ. ކުއްޖާ ގެ ބެސްޓްފުރެންޑަށް ވެސް ސީކްރެޓް ފުރެންޑަކަށްވެސް ވާންވާނީ މަންމަ އެވެ. ކުދިން ދައްކާ ވާހަކަގެ އަޑު މިއަދު ނާހާ މާދަން މަންމަ ގެ އަޑު ކުދިން ނާހާ ވާހަކަ ދެއްކުމުގެ މާނައެއްނެތެވެ. ކިތަންމެ ކޫސަނި ވާހަކަ އެއްދެއްކި ނަމަވެސް ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލާ ކަނުލައި އަޑު އެހުން އާދަ އަކަށް ހަދާށެވެ. ޢުމުރުން ތަންކޮޅެއް ދޮށިވުމުގެ ސަބަބުން މަންމަމެންނާއި ކަންތައް ހިއްސާ ކުރަން ފަސް ޖެހޭ ކަމަށް ކުއްޖެއްނަމަ ބާރު އެޅުން އެދެވިގެން ނުވެއެވެ. ދެންވެސް ޙިކުމަތްތެރިކަމާއެކު ދަރިފުޅު ގެންގުޅޭ އެކުވެރިން ދަނެގަނެ އެދެމެދުގައި ދެކެވޭ ވާހަކަ ތައް ނަގައިގަނެވޭތޯ ބަލާށެވެ. ދުރުދުރުން ދަރިންގެ ފިޔަވަޅުތަކަށް ފާރަވެރިވާށެވެ. މަޑުމަޑުން ގުޅުން އާލާވޭތޯ މަސައްކަތް ކުރާށެވެ. ކުޅެންއުޅުމުގައި ދޭތެރެއިން ބައިވެރިވެލާށެވެ. ވާނުވާބަލާށެވެ. އަވަސް ފުރުޞަތެއްގައި ގުޅުން ބަދަހިވެ ދެމައިންނަށް ހަމަޖެހުން އިހުސާސް ވެ ދާނެއެވެ. 
 
ދަރިންގެ ކުރިއެރުމާއި އަޚުލާޤު އެއްމެ ބޮޑަށް އަސަރު ކުރާ އަނެއްކަމަކީ ގިނަ މީހުން ޤަބޫލު ނުކުރި ނަމަވެސް އެސްފީނާއެވެ. ދުރު މީހެއްގެނޫނޭވެ. ކުދިންގެ އެއްމެ ލޯބިވާ މީހުންގެއެވެ. މީ ހިތި ހަޤީޤަތެކެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހެއެވެ. ދޭތެރެއަކުން މި ކަހަލަވާހަކަ އަޑު އިވޭނެއެވެ. ވަރަށް ބަސްއަހާކުއްޖެއްވެސް މިޒާޖަށް އަންނަ ކުއްލި ނޭދެވޭ ބަދަލެއްގެ ވާހަކަ އެވެ. ޢުމުރަށް އަންނަ ބަދަލަކުން މިކަހަލަ ކަމެއް ނުވާނެއްނޫނެވެ. ނަމަވެސް ހުސްއެކަނި އެގޮތަށްނިންމާ އަތްއުރާލައިގެން ތިބުން ބުއްދިވެރިއެއް ނޫނެވެ. އެސްފީނައިން ރައްކާތެރިވުމަށް ވާރިދުވެގެންވާ ދުޢާތަކުން އިތުރު ހޭދައެއް ކުރުމެއްނެތި އިރާދަފުޅުން ފަރުވާ ލިބިދާނެއެވެ. އެހެން ނަމަވެސް ޑޮކުޓަރެއްގެ އިރުޝާދު ކޮންމެހެން ބޭނުންނަމަ އެކަމައް އިސްވާނެއެވެ. ދިރިއުޅުމުށް ބޮޑެތި އުއްމީދުތަކެއް ކޮށް ހޯދާ ދަރިން މަގުން ކައްސާލާ ތަން ބަލާކަށް އެއްވެސް ބެލެނިވެރިޔަކު ނޭދޭނެއެވެ. ކަންތައްތައް ބޮއްސުންލުމުގެ ކުރިން ދުރާލާ ތައްޔާރުވާށެވެ. ކާމިޔާބު ވާނެއެވެ. އަތްފޯރާ ހިސާބުން ބިންގާ ތެދު ކުރާށެވެ. ފަހުން ކުރަންވެއްޖެ ނަމަ ލިބޭ ގެއްލުންބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

5 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

Meow 4 years ago

ވަރަށް ތަފާތު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ވަރަށް ފުރިހަމަ ލިޔުމެއް ގޫޑް ޖޮބް ސަލަންޓޭ 4 years ago

ސަޅި

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ދޮންބެ 4 years ago

ގަދަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މިރުސް 4 years ago

ރަނގަޅު ނަސޭހަތެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ނަމުރު 4 years ago

މޮޅުވެއްޖޭ ދޯ މިސޮރުވެސް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ