މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިތުރާނޫނީ ނެތޭ 5

ލޯބީގެ ނަޒަރުން އަހްސަނާއި ދޭތެރޭ ނުދެކެވުނު ނަމަވެސް އެކުވެރިއެއްގެ ހައިސިއްޔަތުން އަހްސަނަށް އަހަރެން އެއްބާރުލުން ދޭން ބޭނުންވެއެވެ. ދުވަސްތަކެއް ދުރުގައި ހޭދަކުރަން ޖެހުމުން ސުމާއަށް އަހްސަނުގެ މުހިއްމުކަން ވިސްނުނީއެވެ. ސުމާގެ އާދޭސްތަކަށް އަހްސަން ބީރު ކަންފަތެއް ދިނީ އަހަރެންގެ ސަބަބުންކަން އަހަންނަށ ވިސްނެއެވެ. އަހްސަނުގެ އެއްވެސް ކުށެއްނެތި އަހްސަނު ދިރިއުޅުމަށް ބިނާކުރި ގަނޑުވަރު ފަނާވާތަން ދެކެން އެއްއިރެއްގައިވެސް އަހަންނަކަށް ކެތެއްނުވާނެއެވެ. ސުމާ ކޮންމެ ގޮތަކަށް އަހަންނާ ދޭތެރޭ ދެކުނަސްމެއެވެ. މިއަދު ސުމާއަށް އަހްސަނަށް އޮތް އިތުބާރަށް އެޔަޤީންކަން ލިބުނު ފަދައިން އަހަރެންގެ އެދުމަކީ އިމްރާންވެސް އަހަރެންގެ މައްޗަށް އޮތްއިތުބާރު ގާއިމުވެފައިވުމެވެ. ހިތާމައަކީ ފެންނަ މަންޒަރުތައް އެއީ ދުލައަކަށްވާކަމއެވެ. އަސްލު ގާތުގައި ތިބީ ކިހާ މަކަރުވެރިންކަމެއް އަހަރެމެންނަށް ވަކިކުރަން ނޭންގުމެވެ. ރީތި މޫނުމަތި ތަކުން ހަޤީޤީ ހަތުރެއް މިތުރެއް ވަކިނުވާކަމެވެ. ހަޤީޤީ މިތުރުންވެސް ފާހަގަ މިވަނީ ކަމަކާ ޖެހުނީމައެވެ. ދުނިޔެ އަކީ އެކަހަކަތަނެކެވެ. ހިނގާނީ ތޮށަލިދުޅައަށެވެ. ބުއްދި އިސްކޮށްގެން ދުޅަ އާއި ދަޅަ ފާހަގަކުރަން ދަސްކުރަންޖެހެއެވެ. ހިތާމައަކީ އެއްވެސް މަދަރުސާއަކުން މިފަދަ ފިލާވަޅެއްވެސް ނަގައިނުދޭކަމެވެ. ކެއްތެރިކަމާއިއެކު ދިރިއުޅުމުގެ މި އިމްތިހާނާއި ކުރިމަތިލާންޖެހެއެވެ. ބައެއްފަހަރު ލޯބިވާ މީހުންނާއިއެކުއެވެ. އަނެއްބައިފަހަރު ލޯބިވާ މީހުންނާއި ވަކިންނެވެ. ނޫނީ އެމީހުންނަށް ދެކޮޅަށެވެ.

ވަރަށް ބޯކޮށް ވިއްސާރަވެހެމުން ދިޔަ ރެއެކެވެ. ވަރަށްގަދައަށް ގުގުރައެވެ. ވިދުވަރުގެ އަލިން މުޅިފަޒާ އަލިކޮށްލައެވެ. ބިރުންގޮސް ލޯ މަރާލަން ނުކެރި އަހަރެން އެނދުގައި އެތައް އިރެންވަންދެން ފޮރޮޅި ފޮރޮޅި އޮތީމެވެ. ބޭރަށް ނިކުންނަންވެސް ހިތަށްއެރިއެވެ.  އެހެންނަމަވެސް ގަންނަ ބިރަކުން ނިކުންނަށް ނުކެރެއެވެ. އަހަރެން މުފީދާއަށް ގުޅާލީ އަހަރެންގާތު މިރޭ ނިދަން އޮންނަން ބުނާށެވެ.  ނަމަވެސް ދެތިންފަހަރު ގުޅާލިއިރުވެސް ފޯނެއްމުމަގައެވެ. މުފީދާއަށް ނިދުނީކަމަށް ނިންމާ އަހަރެންވެސް ނިދޭތޯ އުޅުނީމެވެ. ދެން އިވުނީ ދޮރުގައި ޓަކިޖެހިއަޑެވެ. މަޑުމަޑުންގޮސް ދޮރު ހުޅާލިއިރު ހުރީ އަހްސަނެއެވެ. އަހަރެން ކިރިޔާ ދަންނަމީހަކަށްވެސް ގުގުރާއިރު އަހަރެން ބިރު ގަންނަވަރު އިނގޭނެއެވެ. މިވީ ހުރިހާއިރަކު އަހްސަން އަހަރެން ގާތަށް އަންނަން ބޭނުންވި ނަމަވެސް ދެމެދު ދެކެވުނު ވާހަކައިން ހިތްހަމަނުޖެހި ހުރުމުން އެހުރީ ނާންނާށެވެ. އަހަރެންވެސް ގޮތްދޫނުކުރާނެކަން އެނގޭތީ އަހްސަން އެއައީއެވެ. އަހްސަންގެ މިޒާޖަކީ އެއީއެވެ. ހަމައެކަނި އަހަރެންގެ ކަންތަކުގައެވެ. މިރޭ އަހްސަންދެއްކި ވާހަކަތަކުން ވަރަށް ގިނަ ކަންތައް އަހަންނަށް އެނގިގެންދިޔައެވެ. އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ދެކެ އަހްސަން ލޯބިވީކަމެވެ. މީހުންގެ ލޯމައްޗަށް ދެއްކުމުން ސުމާ އާއި ރައްޓެހިވީ އަހަރެން އިމްރާންދެކެވާ ލޯބި އެނގުމުންކަމެވެ. އަހަރެންނާއި އެންމެ ވައްތަރު އަންހެން ކުއްޖަކަށް އަހްސަނަށް ފެނުނީ ސުމާއެވެ. އަހްސަންގެ ބޭނުމަކަށްވީ ސުމާ ދެކެ ލޯބިވުމެވެ. އަހްސަނަށް ނޭންގުނީ އެއީ ގަދަބާރުންވާ ކަމެއްނޫންކަމެވެ.

ކިތަންމެ ގިނަދުވަހު އެއްކޮށް އުޅެވުނު ނަމަވެސް އަހްސަންގެ ހިތުގައި ސުމާއަށް އެއްވެސް ކަނެއް ހާއްސަކުރެވިފައެއްނެތެވެ. އެ ހިތުގައި އަހަރެންގެ ނަން ނޫނީ ދުވަހަކުވެސްނުވެއެވެ. އާއެކެވެ. ލޯތްބަކީ އަޖައިބެއްކަހަލަ ޖަޒްބާތެކެވެ. އަހްސަނަށް އުޅެއުޅެވެސް ސުމާދެކެ ލޯތްބެއްނުވެވުނެވެ. މިހާ ގިނަކަންތައް ކުރިމަތިވުމުންވެސް އަހަރެންގެ ހިތަކުވެސް އިމްރާނުގެ ނަމެއް ފަނޑެއްނުވިއެވެ. އަހަރެންގެ ހިތްބުނެއެވެ. އަދި އިމްރާންވެސް މަންމަވެސް އަންނާނެއެވެ. އަހަރެން ގެންދާނެއެވެ. އަހަރެން އެކަނިވިޔަ ނުދޭނެއެވެ. އަހަންނަށް ނޭނގުނީ އިމްރާނުގެ ހިތުގައި މިހާރު އަހަންނަށް އެއްވެސް ޖާގައެއް ނެތްކަމެވެ. އިމްރާނަށް އަހަރެންގެ ފުށުން ފެނުނީ ވިޔަފާރީގެ ފައިދާއެވެ. ގުޅުން ބަދަހި ކުރީ ބައްޕަ އާއި އެކު ވިޔަފާރި ފުޅާ ކުރާށެވެ. އަހަރެންގެ ފަރާތުން ފެނުނީ ވިޔަފާރީގެ ނަފާއެވެ. ބިޒްނަސް އިތުރަށް ފުޅާވާން އޮތް އެންމެ މަންފާކުރަނިވި ހަރު މުދަލުގެގޮތުގައެވެ. ހީވާކަހަލައެވެ. އޭނަގެ ވިޔަފާރީ ފުޅާވަންވި ވަރަށްވުމުން އަހަރެންގެ ބޭނުންކެނޑި އެއްލާލިއެވެ. ފެނުކައްކާ ބޮއްޔަށްވިއެވެ. އެއިންއެއްވެސް ކަމެއް ނޭންގުނީ އަހަރެންގެ މޮޔަކަމުންނެވެ. ނޫނީ އެ ލޯބީގައި ދީވާނާ ވެފައިވާވަރު ބޮޑުކަމުން އެހުރިހާ ކަމެއް އަހަންނަށް މުހިއްމުނުވީއެވެ. އަހަރެންނަށް ނޭނގުނީ އަހަންނަށް ކުރެވުނީ ކިހާ ބޭކާރު އިންތިޒާރެއްކަމެވެ. ސުމާއަށް އަހްސަނަށް ފުރުސަތެއްދޭނެ ހިތްވަރު ލިބުނީ އަހްސަންގެ ހަރުދަނާކަމުންނެވެ. ނަމަވެސް އިމްރާނު ހުރީ އަހަރެންގެ ކިބައިން މިންޖުނުވެވިފައެވެ. އިމްރާނު އާއި އަހަރެންގެ ކައިވެނި ނުކުރެވުނުކަންވެސް އެއީ ހަމަ ރަނގަޅަށްވިކަމެކެވެ. އެއީ އަހަރެން ކިތަންމެ ހިތާމަކުރާ ކަމެއްނަމަވެހެވެ.

ކޮންމެ މީހަކަވެސް އމީހެއްގެ އަމިއްލަ އެދުން ހާސިލްވަންދެން އަނެއްމީހާއަކީ މީހެއްކަމަށް ދެކެއެވެ. އަމިއްލަ ފައިދާއެއް ނެތި ދެންހުންނަ މީހާގެ އަގަކީ އެއްވެސް އެއްޗެއްނޫނެވެ. ތެދަކީ ހަބަރަށްވުރެ ހިތި އެއްޗެއްކަމަށްވަނީ މަދުން ނަމަވެސް ދުނިޔޭގައި މިކަހަލަ އެދުމުން ފޯފެފައިތިބޭ ދެތިން މީހުންގެ ސަބަބުންނެވެ. އަހަރެންގެ ސަބަބުން އިމްރާނާ ލަދަކާ ކުރިމަތިވެ ވިޔަފާރީން ނަފާ މަދުވާނެކަން އިހްސާސްވުމުން އަހަރެންގެ އަތުން މިއަދު ދޫކޮށްލީއެވެ. އިއްޔެ ފެނުނީ ހުސް އަހަރެންގެ ސަބަބުން އޭނައަށް ފައިދާއެވެ. އެހެންނަމަވެސް އެއްވެސް މީހަކާދޭތެރޭ ޝަކުވާކުރުމުގެ ބޭނުމެއްނެތެވެ. ވީކަމެއް ނުވާކަމަކަށް ނުވާނެއެވެ. ދެން އެކަމާ ވިސްނައިގެން ހިތްދަތިކަން ތަޙައްމަލު ކުރާނޭ ހަކަތައެއް އަހަރެންގެ ނެތެވެ. އެހެންނަމަވެސް އުއްމީދަކީ ފަހުންނަމަވެސް އަހަރެން ލޯބިވާ އެންމެން އަހަރެންނާ އެކުވުމެވެ. އެލަކުނުތައް މުޅިން ފަސޭހަ ނުވިނަމަވެސް އިތުރަށް ލަކުނުފާރެއްނުވާނެއެވެ. ވަގުތާ އެކީ ހިތަށް ފަސޭހަކަމެއް ލިބިދާނެއެވެ.

ދުވަސްތަކެއްފަހުން ހިތްހަމަ ޖެހުމާއެކު ނިދާލެވުނު ރެއެކެވެ. އަހަރެން ގަސްދުކުރީ އަހަރެން ސުމާ ގާތު އަހްސަންގެ ވާހަކަ ދައްކާށެވެ. އެއީ އަހްސަނުގެ ހިތް ރަނގަޅަށް އަހަންނަށް އިނގޭ އިރުވެސް އަހަރެންގެ ނުތަނަވެސްކަން ފިލާނީ ހަޤީގަތުގައި ސުމާ ބޭނުންވާގޮތް އަހަރެންނަށް އޮޅުންފިލައިގެން ކަމަށްވާތީއެވެ. ކުރަން މިއުޅެވެނީ ރަނގަޅު ކަމެއް ނޫންކަންވެސް އިނގޭހާލުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ