މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ހުޅުދުއްފާރު ބަނދަރުމަތިން ކުލީ ބިން ދޫކުރަނީ

ރ. ހުޅުދުއްފާރުގައި ތެލުގެ ވިޔަފާރިކުރުމަށް ކުލީބިން ދޫކުރަން ނިންމާ އެކަމަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

ރ. ހުޅުދުއްފާރު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުދުއްފާރު ބަނދަރުގެ ދެކުނު ތޮށިކައިރިން 1800 އަކަފޫޓުގެ ދެ ބިން ތެލުގެ ވިޔަފާރި ކުރުމަށް ކުއްޔަށް ދިނުމަށް އެކައުންސިލުން ނިންމާފައިވާކަމަށެވެ. އަދި ބިން ދޫކުރުމަށް ނިންމަވާފައިވަނީ 10 އަހަރުގެ މުއްދަތައް ކަމަށާއި ބިމުގެ ކުލީގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 60 ލާރި ކަމުގައިވެސް އެކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މިމަހުގެ 14 ވަނަ ދުވަހު 13:00 އަށް ހުޅުދުއްފާރު ކައުންސިލްގެ ކޮންފަރެންސް ހޯލަށް ޙާޟިރުވުމަށް އެ ކައުންސިލްގެ އިޢުލާނުގައި އެދިފައިވެއެވެ. އަދި ޕުރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 02 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 ކަމަށްވެސް އެ އިއުލާނުގައިވެއެވެ. މައުލޫމާތު ސާފު ކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ ޕުރޮޕޯސަލް ބަލައި ނުގަނެވޭނެކަމަށާއި މިކަމަށް އެދި ހުށައެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްކަންވެސް އެ އިއުލާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ވަސީމް 2 years ago

ތިޔަ ލިޔުމުގައި އެއްޤާނޫނު ނަމްބަރު ތީނީ ނުބައިކޮށް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ