މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

މޮޔައަކަށް އޭނާގެ މޮޔަކަން އިޙްސާސް ކުރެވޭނެބާާ!

އެމެރިކާގައި، 1995 ވަނައަހަރުގެ ދުވަހެއްގައި، މެކާތާ ވީލާ ނަމަކަށް ކިޔާ ވަގެއް ވަރަށް ބޮޑު މޮޔަ ކަމެއް ކުރި އެވެ. ރޯމާ ދުވާލު މޫނު ނިވާ ނުކޮށް ހުރެ ގޮސް ބޭންކަކަށް ވަދެ ކޭޝިއަރުންނަށް ބިރުދައްކައިގެން ގިނަ ފައިސާ އޭނާ އަތުލި އެވެ. ބޭންކުގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި ފުލުހުން އެއީ ކާކުތޯ ބަލައިހޯދައި އޭނާ ހައްޔަރުކުރި އެވެ. އަދި ފުލުސް އޮފީހުގައި އޭނާ ވައްކަން ކުރި ވީޑިއޯ މަންޒަރު އޭނާއަށް ދެއްކި އެވެ. އެކަމަކު، މެކާތާ ރައްދުގެ ގޮތުން ބުނީ އެމަންޒަރުތަކުން އޭނާގެ މޫނު ފެނުމަކީ ނާދިރު ކަމެއްކަމުގަ އެވެ. ސަބަބަކީ، ވައްކަންކުރި ކަމަށް ތުހުމަތު ކުރެވުނު ދުވަހު އޭނާ ހުރީ މޫނުގައި ލުނބޯ ހުތް ހާކައިގެން ކަމުން އޭނާގެ މޫނު ކެމެރާއަށް ފެނުމަކީ ނާދިރު ކަމަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ. ކޮންމެއަކަސް، މެކާތާ އަށް ކުރީގައި އެނގިފައި އޮތްގޮތުން ލުނބޯ ހުތަކީ ވީޑިއޯ ކެމެރާއަށް މީހާ ގެއްލުވާލާ އެއްޗެކެވެ.  

މެކާތާ ވީލާ އެކުރީ މޮޔަކަމެއް ކަމުގައި ގަބޫލު ކުރެވޭ ހެއްޔެވެ؟ އެކަމަކު، އޭނާއަށް އޭނާގެ މޮޔަކަން އަމިއްލައަށް ދަނެގަތުމަށް ވީ ނުކުޅެދިފަ އެވެ. މިމިސާލުން އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އިބްރަތުގެ ފިލާވަޅެއް ހާސިލު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.  
 
"އެހެންމީހުންނާއި އަޅާބަލާއިރު އަޅުގަނޑަކީ ހުރިހާ ގޮތަކުންވެސް ކުރީގައި އުޅޭ މީހެއް، ވިސްނުމާއި ފިކުރުތައް ވެސް ރަނގަޅުވާނެ، އެހެންމީހުންގެ ލޮލަށް އަޅުގަނޑުގެ ސިފަ ރީތި ވެސް ވާނެ، މުޖުތަމުގައި މަގުބޫލުކަން ވެސް އޮންނާނެ، ބަސްމޮށުންތެރިކަމާއި އަހްލާގުވެސް ރަނގަޅުވާނެ އަދި ހަމައެހެންމެ ހުރިހާގޮތަކުން ބެލިކަމުގައި ވީނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅި ވެސް ރަނގަޅުވާނެ" މިމޭރުމުން ވިސްނާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދު ނޫންކަން ކަށަވަރެވެ. މިފަދަ ވިސްނުން ގެންގުޅުމަކީ އޭގެ ޒާތުގައި ގޯސްކަމެކޭ ބުނާކަށް ނެތީމެވެ. ހާއްސަކޮށް އެފަދަ ވިސްނުން އެއީ އުންމީދީ ވިސްނުން ކަމުގައި މާނަ ކުރާނަމަ އެވެ.  ނަމަވެސް، ހަގީގަތުގައި ވެސް އެއީ ކުށް ހީތަކެއްކަމުގައިވުން އެއީ ދުރުގައި އޮތް ކަމެއް ނޫންކަން ދޭހަވަނީ ކިތައް މީހުންނަށް ބާވަ އެވެ؟ 

އެމީހެއްގެ އަމިއްލަ ގާބިލިއްޔަތުކަމާއި ބެހޭގޮތުން ވާހަކަދައްކަން ޖެހުމުން ތިމާއަކީ ހުރިހާ ކަމަކަށް ވެސް ފާޑުކިޔަން ދަންނަ މޮޅު މީހެއްކަމުގައި ދެކޭ މީހުން އަޅުގަނޑުމެންގެ މުޖުތަމައުގައި މަދެއް ނޫނެވެ. ގިނަފަހަރަށް މިމޭރުމުން ވިސްނާ މީހުންނަކީ ހަގީގީ ތައުލީމާއި ތަހްޒީބީ ގޮތުން ހޭލުންތެރިކަން ދަށް މީހުން ކަމުގައި ބެލެވޭ ހެކި އެބަހުއްޓެވެ. އަދި އެފަދަ މީހުންނަށް އެމީހުންނަށް ގަބޫލު ކުރެވޭގޮތަކީ ކުށް ކަމުގައި ހާމަކޮށް އެކަމެއްގައި އޮންނަ އެންމެ ރަނގަޅު ގޮތް ދޭހަކޮށްދޭން އެހީތެރިވުމަކީ ބޮޑު ބޮލުރިހުމަކަށް ވެސް ވެގެން ދެ އެވެ. ނޫން ތޯ އެވެ؟

އިންސާނުންގެ ވިސްނުމުގެ ވައްޓަފާޅި އަދި ތަފާތު އެކިއެކި ފަންތީގެ މީހުން ވިސްނާގޮތާއި މެދު ސައިންސުގެ އަލީގައި ވަނީ ގިނަގުނަ ހޯދުންތައް ހޯދިފަ އެވެ. މިސާލަކަށް، އެމެރިކާގެ ކޯނެލް ޔުނިވަރސިޓީގައި ކުރި މިފަދަ ދިރާސާތަކެއްގެ ނަތީޖާއިން ދައްކާގޮތުން، ގިނަފަހަރަށް އިންސާނުންނަށް އެމީހުންގެ އަމިއްލަ ގާބިލިއްޔަތުކަމާއި ބެހޭގޮތުން ވާހަކަދައްކަން ޖެހުމުން އެއާގުޅޭ ތެދު ހަގީގަތް އޮޅެ އެވެ. ގިނަމީހުން އެމީނުންގެ އަމިއްލަ ނަފްސުގެ ދަރަޖަ ވަޒަން ކުރާއިރު އެދަރަޖަ ބަހައްޓަނީ އާންމު މިންގަޑަށްވުރެ މަތީގަ އެވެ.
  
މިފަދަ ދިރާސާތަކުން ހާމަވާ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. އެއީ، ކަންކަމަށް އެންމެ ނާގާބިލު މީހުން އެކަމެއްގައި އެމީހުން އަމިއްލަ ނަފްސުގެ ދަރަޖަ ވަޒަން ކުރާއިރު އާންމު މިންގަނޑަށް ވުރެ މަތީގައި ބެހެއްޓުމެވެ. މީގެ އިތުރުން އެއީ ގޯސް ވިސްނުމެއް ކަމުގައި ކިޔައިދީ އެކަމަށް ހެކިދޭނެ ހެއްކާއި ގަރީނާ ދެއްކުމުން ވެސް ކަންކަމަށް އެންމެ ނާގާބިލު މީހުންނަށް އެމީހުންގެ ދޯހޮޅިކަން ގަބޫލު ކުރަން ދަތިވެ އެވެ. މިއީ އެފަދަ މީހުން ތެދު ގަބޫލު ނުކޮށް ބޯހަރު ކަންމަތީ ދެމިތިބެން ބޭނުންވާތީ އެއްވެސް ނޫނެވެ. ކަމާބެހޭ ތަޖްރިބާކާރުން ހާމަ ކުރާގޮތުގައި މިއީ އެފަދަ މީހުންގެ ވިސްނުމުގެ ހުންނަ އުނިކަމަކުން ދިމާވާ ކަމެކެވެ. 

އެހެންކަމުން، މީހަކަށް އެއްޗެއް ރަނގަޅަށް ފަހުމުވުމާއި އެއެއްޗަކާއި ބެހޭގޮތުން އެމީހެއްގެ މައުލޫމާތުގެ ހަޒާނާ މުއްސަނދި ވެފައިވާ މިންވަރާއި ގާތްގުޅުމެއް ވެ އެވެ. އެހެންގޮތަކަށް ބުނަނީނަމަ އިލްމާއި ހުނަރު ނޭނގޭ މީހަކަށް އެފަދަ ހުނަރު ހުރިމީހެއްގެ ހިޔާލުތަކާއި ގާބިލިއްޔަތުކަމާއި މެދު އެންމެ އެނދެވޭ ގޮތަކަށް އެއްޗެއް ބުނަން ވެސް ދަތި ވެދާނެެ އެވެ. 

ކޮންމެއަކަސް، ދިރާސާވެރިން ހާމަކުރާގޮތުގައި މިއީ އިލްމާއި ހިލްމުގެ މިންވަރު ނިސްބަތުން ދަށްކަމަށް ބެލެވޭ މީހުންނަށް އެކަނި ދިމާވާ ކަމެއް ވެސް ނޫނެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ވެސް ބަލިފައެކެވެ. މިސާލަކަށް، ޑޮކްޓަރުންނަށް ބަލާނަމަ އެމީހުންގެ ހަގީގީ ފެންވަރު އެންމެ ބޮޑަށް އޮޅިފައި ތިބޭ ޑޮކްޓަރުންނަކީ ބަލިމީހުންނާއި މުއާމަލާތް ކުރުމުގެ ހުނަރު އެންމެ ދަށް ޑޮކްޓަރުންނެވެ. މުދައްރިސުންނަށް އެމީހުންގެ އުގަންނައިދިނުމުގެ ފެންވަރު ވަޒަން ކުރެވޭނެ އެންމެ ރަނގަޅު އެއްގޮތަކީ ދަރިވަރުންގެ ބިނާކުރަނިވި ފާޑުކިޔުންތައް އަޑުއަހައިގެންނެވެ. 

އެހެންކަމުން، މިއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނާލަން ޖެހޭ ދާއިރާއެކެވެ. ކަމާބެހޭ ތަޖްރިބާކާރުން މިއަށް ކިޔާއުޅެނީ އަމިއްލަ ވިސްނުން ބަހައްޓާގޮތާމެދު ވިސްނުމެވެ. ކަމަކާމެދު ގޮތެއް ނިންމާއިރު، ނުވަތަ އެހެންމީހެއްގެ ވިސްނުމަށް ގޮންޖެހުމުގެ ގޮތުން ހިޔާލު ފާޅުކުރުމުގެ ކުރިން، އެއާ ގުޅިގެން ތިމާގެ އަމިއްލަ ފިކުރުގައި ވެސް އުނިކަމެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަނެގަތުމަކީ ބުއްދިވެރި ކަމެއްކަން ކަށަވަރެވެ. ނޫން ތޯ އެވެ؟

ލިޔުއްވީ ޕްރޮފެސަރ ޢުގައިލް 

މިލިޔުން ކިޔާލުމުން

25%
އުފާވި
50%
ދެރަވި
0%
ހިނިއައި
25%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢުކާ 4 years ago

ޢުގައިލް ތަ ތިނޫހައް ހަރަދުކުރަނީ؟

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މޮޔަމީހާ 4 years ago

ތަންކޮޅެއް ދިގީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ