މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ޚުޠުބާއިން ލިބޭ ޢިބުރަތް - މުޖުތަމަޢުއެއް ބިނާކުރުމުގައި އާއިލާގެ ދަޢުރު

ބަވަނަވަންތަވެފައިވާ މިފަދަ ދުނިޔެއެއްގައި އުޅޭ އުޅުމުގައި ބޭނުންވާނެ އެންމެހައި މުހިއްމު ދީނީ އަދި ދުނިޔަވީ މަޢުލޫމާތުތަކުގެ ތެރެއިން އިސްލާމީ ފުރިހަމަ ޖީލެއް ބިނާކުރުމަށްޓަކައި ބޭނުންވާނެ މުހިއްމު އެއްކަމަކީ ހަރުދަނާ ޢާއިލާއެއް ބިނާކުރުމެވެ.

ތަފާތު އެކިއެކި ދީންތަކާއި ޘަޤާފަތްތަކުގައި ދަރިވަރުން އުޅެބޮޑުވަމުންދާ މިފަދަ ޒަމާނެއްގައި ދީނަށް ވަފާތެރި، ހަރުދަނާ އަދި މުޖުތަމައަށް ބޭނުންތެރި ޖީލެއް ބިނާކުރުމުގައި އެންމެ އިސްކަމެއް ދޭންވީ ރަނގަޅު ޒަވާޖީ ހަޔާތެއް ބިނާކޮށް އެބިނާގެ މަތީގައި ދިރިއުޅުން އާރާސްތުކުރުމަށެވެ. 

އެގޮތުން ހެޔޮލަފާ ޖީލެއް ބިނާކުރުމުގައި އެންމެ އިސްކަމެއް ދޭންވީ ޙަޔާތަށް ރަނގަޅު ބައިވެރިއަކު އިޙްތިޔާރުކުރުމެވެ. ޙަޔާތުގެ ނައު ދުއްވާނެ ހަރުދަނާ، ދީންވެރި ކެރޭ ބައިވެރިއަކު ހޯދުމެވެ. މިގޮތުން މުސްލިމުތަކުން އެންމެ އިސްކަމެއްދޭންވީ ކަންކަން ނަބަވީ އިރްޝާދުތަކުން ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން ކައިވެނި ކުރުމުގައި ހަތަރު ކަމަކަށް ޢާއްމުކޮށް މީހުން ބާލާކަމުގައިވަނީ އަންގާފައެވެ.  އެއީ ފައިސާވެރިކަމަށާއި، ހަސަބާއި ނަސަބަށާއި، ރީތިކަމަށާއި ދީންވެރިކަމަށެވެ. މިދެންނެވުނު ކަންކަމުގެ ތެރެއިންވެސް ދީންވެރިކަން އިޙްތިޔާރުކޮށްފިމީހާ ކާމިޔާބުވާނެކަން ބަޔާންކުރައްވާފައިވުމުން ދީންވެރި ޞާލިޙަކު ހޯދުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެހެނީ މިފަދަ ޢާއިލާގެ މަންމައާއި ބައްޕަ ވެގެންދާނީ އަޅުގަނޑުމެން ހޯދަންމިއުޅޭ ހަރުދަނާ މުޖުތަމަޢެއްގެ ފެށުމަށެވެ. އެހެންކަމުން މިކަމާއިމެދު ވިސްނާ ފިކުރުކޮށް މިފަދައިން ހަޔާތުގެ ފެށުން ފެށުމަށް ޢަޒުމްކުރާށެވެ. އޭރުން ތިޔަ ބިނާކޮށްދެވުނީ ހަރުދަނާ ޖީލެއްގެ ބިންގަލެކެވެ. 

ޚުތުބާގައި ދެވަނައަށް ލިބިގެންދާ ދަރުހަކީ ރަނގަޅު ޒަވާޖީ ހަޔާތުގެ ބައިވެރިއެއް ހޯދުމާއިއެކު ހެޔޮޢަމަލު ގިނަކުރުމަކީ ޙަޔާތެއް ބާއްޖަވެރިވެ އެޙަޔާތަކުން ނިކުންނަ ވޭމާ ފޮނިވާނެކަމެއްކަމެވެ. އެގޮތުން މައިން ބަފައިން ދަރިންނަށް ހެޔޮގޮތް ބުނެދިނުމާއިއެކު އެގޮތަށް ޢަމަލުކުރުމަކީ މިދެންނެވި މުޖުތަމަޢެއް ބިނާކުރުމުގައި ނުހަނު ބޭނުންތެރިކަމެކެވެ. އެހެނީ މައިން ބަފައިންކުރާ ހެޔޮ އަދި ނުބައި ޢަމަލުގެ އަސަރު ދަރިންނަށް ކުރާނެކަންވަނީ ބަޔާންކޮށްދެއްވާފައެވެ. ވީމާ، އަޅުގަނޑުމެން ކޮންމެ މަންމައަކާއި ބައްޕައެއް މިކަމާމެދު ވިސްނާ،އަމިއްލަ ނަފްސު ހިސާބުކުރާށެވެ. ހެޔޮ ޢަމަލުކުރުމުގައި ހިވާޤިވެ، ކުރިއަރާދާށެވެ. މިފަދައިން ކަންކަން ނުކުރެވިއްޖެނަމަ، ދަރީންގެ ފަރާތުން އެކަންކަން ފެނިގެން ނުދިޔުމަކީ ނުހަނު ކައިރީގައިވާނެކަމެއްކަންވެސް ޚުތުބާއިން ބުނެދެއެވެ. ނަތީޖާއަކަށް ވެގެންދަނީ އަޅުގަނޑުމެން ހޯދަން މިއުޅޭ ހަރުދަނާ މުޖުތަމަޢު ބިނާވެގެން ނުދިޔުމެވެ. 

ވީމާ،  އަޅުގަނޑުމެންގެ ދަރިންގެ ކުރިމަތީ ޤުރްއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުކުރުމަށް ދަރިންނަށް ބުނެދިނުމާއި،، ރިވެތިބަހުން މައިން ބަފައިން އެކަކު އަނެކަކަށް ވާހަކަ ދެއްކުމާއި، ދީން އުނގެނި ދަސްކުރުމަށް ވަކި ވަގުތެއް ކަނޑައަޅައި އެވަގުތު ދެމަފިރިން ދަރިންނާއިއެކު މުޠާލިޔާކުރުމާއި، ދަރުސްތަކާއި ފިލާވަޅުތަކުން ލިބިދޭ ހެޔޮ ނަސޭޙާތްތަކަށް ޢަމަލުކުރުމަށް ބާރު އެޅުމާއި، ގޭތެރޭގައި ކަންކަން ކުރުމުގައި ދަރިން ބައިވެރިކޮށް ގޭތެރޭގެ ބައެއް މަސައްކަތްތަކުގައި ދަރިން ޒިންމާކުރުވާ އެކަންކަމުގައި އެހީތެރިވެދިނުމާއި، ދަރިން އުޅެނީ ރަނގަޅު އެކުވެރީންނާއިއެކުގައިތޯ ބަލައި އިސްލާހީ ފިޔަވަޅުތައް އެޅުމާއި، ފާފައަކީ ކޮބައިކަމާއި އެފަދަކަންކަން ނުކުރުމަށް އަބަދުމެ ހަނދާންކޮށްދިނުމާއި، ކޮށްފިނަމަ އެކަމުގެ ނުރުހުން ފާޅުކޮށް އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޤާނޫނާއި ޤަވާއިދަށް ބޯލަނބައި، އެކުވެރި އަޚުންތަކަކަށް ހެދުމަށް ފަރުދީ ޒިންމާ ނަގަމާ ހިނގާށެވެ. އޭރުން އެކުދީންވެގެންދަނީ އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ މުޖުތަމަޢުގެ ބިނާކުރާ ބަޔަކަށެވެ. 

ލޮބުވެތި ކިޔުންތެރީންނޭވެ. އަމިއްލަ ނަފްސު ހިސާބުކޮށް، ހަރުދަނާ ޖީލެއް އުފެއްދުމުގެ މަތިވެރި ޢަޒުމްގައި ކުރިއަށް ދުވަސްތަށް ރާވާމާ ހިނގާށެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއިއެކު، ނުބައިކަންކަމުން ދުރުހެލިވަމާ ހިނގާށެވެ. އޭރުން އިންޝާﷲ ތިބާއަށް އެ ބިނާކުރެވެނީ ހަރުދަނާ، ދީންވެރި، އުފާ ފާޤަތި މުޖުތަމަޢެކެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

3 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަސޭ 4 years ago

ތަންކޮޅެއް ދިގު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަލީ 4 years ago

ރަނގަޅު ފެށުމެއް. އުންމީދަކި ދާއިމީކޮށް މި މުހިންމު މަސައްކަތް ކުރިޔަށް ދިޔުން

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އާދަމް 4 years ago

ފައިނު އޮންލައިން ތަފާތު ކަަމަށް ފާހަގަ ކުރެވޭ.. ސާބަހޭ ފައިނު އޮންލައިން ޓީމް...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ