މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

އިންސާނީ ވަގުފާރި، ޒަމާނީ އަޅުވެތިކަން - ޚުތުބާ

ދުނިޔޭގައި ތިންވަނައަށް އެންމެ ބާރަށްފެތުރޭ ނުރައްކާތެރި އެއްވިޔަފާރިއަކީ އިންސާނީވަގުފާރިކަން މިއަދުގެ ޚުތުބާއިން ހާމަވެގެން ހިގައްޖެއެވެ. މާތްﷲ މާތްކުރައްވާ، ކަރާމާތްކުރެއްވި މިމާތް އިންސާނާ ހައިވާނުންގެ ދަރަޖައިގައި ގެންގުޅޭ ބައެއް ނުބައިފަރާތްތަކެއްގެ ނުބައި ޢަމަލުގެ ސަބަބުންނެވެ. އެމީހުންގެ އަމިއްލަ ދުނިޔަވީ އެދުންތަކެއް ފުއްދުމަށް ޙަލާލެއް ޙަރާމެއް ނުބަލާ އިންސާނުންގެ ބޭނުންހިފަމުން ދާކަމީ މިއަދު ހިތާމަކުރަންޖެހޭ ކަމެކެވެ.

"އިންސާނީ ވަގުފާރި- ޒަމާނީ އަޅުވެތިކަން" މިމަޢުޟޫއަށް މިއަދު އިއްވިގެންދިޔަ ޚުތުބައިގެ ބައެއް މުހިއްމު ކަންކަމަށް ބަލައިލަމާތޯއެވެ.

އިސްލާމީ އަޚްލާޤިއްޔާތާއި އިންސާނީ ކަރާމާތް މަނާކުރާ ކަންތަކުގެ ތެރޭގައި އިންސާނީ ވަގުފާރިހިމެނޭކަން
އިންސާނީ ވަގުފާރީގެ ތެރޭގައި އިންސާނުން ވަގަށްނެގުމާއި މިނިވަން އިންސާނުން އަޅުންގެގޮތުގައި ގެންގުޅުމާއި، ހަށިވިއްކުމާއި، ކުޑަކުދިން ލައްވާ ނުބައިފާޙިޝްޢަމަލުތައް ހިންގުމާއި، މަސައްކަތް ކުރުވުމަށްފަހު އުޖޫރަނުދިނުމާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން އިންސާނުންގެ ބޭނުން ނުހަމަގޮތުގައި ހިފުން ހިމެނޭކަން.

ތަފާތު އެކި ބޭނުންތަކަށް މީހުންގެނައުމަށްފަހު އެމީހުންގެ ބަލަދުވެރިޔަކީ އެގެންނަ ފަރާތެއްކަމާއި ވާކްވިސާ ފަދަ ޤާނޫނީ ފުރިހަމަކުރުންތައް ފުރިހަމަކޮށްދީ، ކާންދިނުމާއި ދިރިއުޅޭން އެކަށީގެންވާފަދަ ތަނެއް ދެއްކުމާއި އެއްބަސްވުން އެކުލަވާލާއި އެއެއްބަވުމާއިއެއްގޮތަށް މުސާރައާއި އުޖޫރަ އަދި އެހެނިހެން އިނާޔަތްތައް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ވާޖިބެކަން. 

މިފަދައިން ޚުތުބާގައި ފާހަގަކޮށްފައިވީނަމަވެސް ދިވެއްސަވީތީ ފަޙްރުވެރިވާންވެސް ބޭނުމެވެ. ނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ މި ސައްތައިން ސައްތައޭ ކިޔާ މި އިސްލާމީ ޤައުމުގައިވެސް މިނުބައި ނޭއްގާނީ ޢަމަލު ހިންގަމުންދާ މަދުބައެއްވެސް ތިބިކަމެވެ. މުސާރަނުދީ އެތައް މަސްތަކެއްވުމާއި، ޤަވާއިދުތަކާއި ޚިލާފަށް މީހުން ގެންގުޅުމާއި، ބޯހިޔާވަހިކަން ފޯރުކޮށްނުދިނުމާއި ހަށިވިއްކަން މަޖުބޫރުކުރުވުމާއި އިންސާނީ އެތަކެއް ޙައްޤުތަކަކުން މަޙްރޫމްކުރުވަމުންދާކަން އަދުގެ މީޑުޔާތަކުން ކެނޑިނޭޅި އިވެމުންދެއެވެ. 

ނިކަން ވިސްނަވާށެވެ! ތިމާލައްވާ އެތަކެއް ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާ އުޖޫރު ނުދިނުމުން ތިމާއަށް ކުރާނެ އަސަރާއި އަންނަރުޅި އިޙްސާސްވާނަމަ މިއަދު ތިބާ އަނެކުން ވަގުފާރިގޮތުގައި ނުގެންގުޅޭނެކަން ކަށަވަރެވެ. މިފަދަ ޒަމާނެއްގައި އެފަދަ އަޅުވެތިކަމަކަށް ނުދާނެއެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ