މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ; އިންޓަނެޓް

ލީގު ކެންސަލް، ޕީއެސްޖީއަށް ތަށި ލިބޭނެތަ؟

ފްރާންސްގެ ލީގް ވަން ކެންސަލް ކޮށްފިއެވެ. މިގޮތަށް އިޢުލާނު ކޮށްފައިވަނީ، ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އެގައުމުގައި އެންމެ އަވަސްވެސް ސެޕްޓެމްބަރ މަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވޭނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު އިއުލާނު ކުރުމުންނެވެ.

މިގޮތުން ކުރިޔަށް އޮތް ސީޒަނަށް 20/21  ލަސްކުރަން ޖެހޭނެއެވެ. އެހެންކަމުން އެގައުމުން ނިންމާފައިވަނީ މި 19/20 ސީޒަން ކެންސަލް ކޮށްލާށެވެ. 

މިނިންމުމާއި ގުޅިގެން ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީއަށް ލީގު ތަށި އަނެއްކާވެސް ލިބޭނެތޯ ނުވަތަ، ނުލިބޭނެތޯ އަދި ގޮތެއް ނުނިންމައެވެ. މިނިންމުން ނިންމާނީ މިއަންނަ މަހު އޮންނަ ލީގު ބައްދަލުވުމުގައެވެ. އަދި އެބައްދަލު ވުމުގައި ރެލިގޭޓް ވާ އަދި ޕްރޮމޯޓް ވާ ޓީމުތައް ވެސް ނިންމާނެއެވެ. 
މީގެ އިތުރުން ސްޕެއިންގެ ލަލީގާ އަދި އިނގިރޭސި ޕްރިމިއާ ލީގު ވެސް ކުރިޔަށް ގެންދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ލީގެއް އަދި ކެންސަލް އެއް ނުކޮށްލައެވެ. ނަމަވެސް ޑަޗް ލީގު ވަނީ ކެންސަލް ކޮށްލާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ