މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޖެހިޖެހިގެން 8 ވަނަ ފަހަރަށް ބަޔާންއިން ލީގު ކާމިޔާބު ކޮށްފި!

ޖަރުމަންގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބަޔާން މިއުނިކްއިން ޖެހިޖެހިގެން 8 ވަނަ ސީޒަންގައި ބޮންޑަސް ލީގާގެ ތަށި އުފުލާލައިފިއެވެ. ރޭ އެ ލީގުގައި ވާޑާ ބްރެމެން އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ކުން ކާމިޔާބު ކުރުމާއި އެކު ބަޔާން އަށް 29 ވަނަ ލީގު ތަށި މިވަނީ ކަށަވަރު ވެފައެވެ.

ލޮކްޑައުން އަށް ސީޒަން މެދު ކަނޑާލުމަށް ފަހު އެންމެ ފުރަތަމަ އަލުން ފެށި ލީގަކީވެސް ބޮންޑަސްލީގާއެވެ. ބަޔާން އިން ލީގުގެ ތާށި ތާރީހީ އަދަދަކަށް ނަގާފައި މިވަނީ ބާކީ 2 މެޗް އިންދައެވެ.  76 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާއިގައި އޮތް ބަޔާންގެ ފަހަތުގައި ދެވަނައިގައި ބުރޫޝިއާ ޑޯޓްމަންޑް އޮތީ 66 ޕޮއިންޓާ އެކުގައެވެ. 

ރޭގައި ސްޕޭންގެ ޗެންޕިއަން ބާސެލޯނާ އިންވެސް ވަނީ ލެގަނޭސް ކޮޅަށް ކުރިހޯދާ ތާވަލްގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއާއި 5 ޕޮއިންޓުގެ ފަރަގެއް ގާއިމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ