މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ލީގު ވެބްސައިޓް

30 އަހަރަށްފަހު ލީގުގެ ޗެމްޕިއަންކަން ލިވަރޕޫލް ހޯދައިފި

30 އަހަރަށްފަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަރޕޫލް ހޯދައިފިއެވެ. ޗެމްޕިއަންކަން ލިބިފައިވަނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން މެންޗެސްޓާ ސިޓީ 2-1 އިން ބަލިވުމާ ގުޅިގެންނެވެ.

އެންމެފަހުން ލިވަޕޫލް ޗެމްޕިއަންކަން ހޯދާފައިވަނީ، 1989/1990 ގެ ސީޒަނުގައެވެ. މިފަހަރުގެ ޗެމްޕިއަންކަމާއިއެކު މިއީ، އެޓީމުން އިނގިރޭސި ޗެމްޕިއަންކަން ހޯދި 19 ފަހަރެވެ. 

މި ބޮޑު ކާމިޔާބީ އާއި ގުޅިގެން ސޯޝަލް މީޑިއާގައި އެޓީމުގެ ސަޕޯޓަރުން އަންނަނީ ފޯރި ނަގަމުންނެވެ. " އަހަރެން ބަސް ހުސްވެއްޖެ. ވާނެ އެންމެ އުފާވެރި ކަންތައް މިވީ! ދުވަހަކު އުންމީދުވެސް ނުކުރާހާ ބޮޑު ކާމިޔާބީ އެއް މީ!" ރޭ ސަކްއި ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި އެޓީނުގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ. 

ރޭގެ އިންޓަވިއުގެ މެދުތެރެއިން ކްލޮޕްއަށް އިހުސާސްތައް ނުފޮރުވި ރޯންވެސް ފެށުނެވެ. މީގެ 5 އަހަރު ކުރިން ލިވަޕޫލްގެ ކޯޗު ކަމާއި އޭނާ ހަވާލު ވީއިރު ލިވާޕޫލް އޮތީ 8 ވަނާއިގައެވެ. 30 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެ ކްލަބުގެ ސަޕޯޓަރުން އުފަލުގެ ކަރުނަ އަޅަމުން މިއަދު ދަނީ ފުޓުބޯޅައިގެ ޖޯށާއި ފޯރި ނުހަނު ރީއްޗަށް ރަމްޒު ކޮށްދެމުންނެވެ. 

މީގެ އިތުރުން، 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއަރ ލީގަށް ބަދަލު ކުރިފަހުން ލިވަރޕޫލް ޗެމްޕިއަންކަން ހޯދި މިއީ ފުރަތަމަ ފަހަރެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ