މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން - ފޮޓޯ: މުޙައްމަދު ޒިޔާދު

ސީ.ވައި.އެސް ފުޓްސަލް ޗެލެންޖް: ފުރަތަމަ ދެމެޗްވެސް އެއްވަރު

" ސީ.ވައި.އެސް ފުޓްސަލް ޗެލެންޖް " ފެށުމުގެ ގޮތުން ކުޅުނު 2 މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ފައިނު ފުޓްސަލް ދަނޑުގައި ރޭ ފުރަތަމަ ކުޅުނީ، ކާނިވާސް އާއި ފިލަމެންޓެވެ. މި މެޗް ނިމިފައިވަނީ، 2 - 2 ން އެއްވަރު ވެގެނެވެ. މި މެޗްގައި ކާނިވާސްއިން ޖެހި ދެ ގޯލްވެސް ޖަހާފައިވަނީ، ރިލްވާން ޝަރީފެވެ. ފިލަމެންޓުން ޖެހި ދެ ގޯލަކީވެސް ލިބުނު  ދެ ޕެނަލްޓީން ޖެހި 2 ގޯލެވެ. ފިލަމެންޓްގެ ފުރަތަމަ ގޯލް ޖަހައިދިނީ، އަޙުމަދު ސިޔާމެވެ. ދެވަނަ ގޯލް ޖަހައިދިނީ، މުޙައްމަދު ރިޔާޒެވެ. 
ފުރަތަމަ މެޗްގެ މޭން އޮފް ދަ މެޗް - އަޙުމަދު ރަމީޒް
މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ، ފިލަމެންޓްގެ ގޯލް ކީޕަރ އަޙުމަދު ރަމީޒެވެ. 

މި މުބާރާތުގައި ދެން ކުޅުނު މެޗްގައި ބައްދަލުކުރީ، ސްޓްރައިކަރސް އާއި އޮޑިޕާކް އޮރިޖިންއެވެ. މި މެޗްވެސް ނިމިފައިވަނީ، 2 - 2 ން އެއްވަރު ވެގެނެވެ. ސްޓްރައިކަރސް އިން ޖެހި 2 ގޯލްވެސް ޖަހާފައިވާ ޢަބްދު ﷲ ޝަނޫން އެވެ. އޮޑިޕާކް އޮރިޖިންގެ ދެ ގޯލްވެސް ޖެހީ ޢަބްދު ﷲ ފައިސަލްއެވެ. 
ދެވަނަ މެޗްގެ މޭން އޮފް ދަ މެޗް - ޢަބްދުﷲ ޝަނޫން
މި މެޗްގެ މޭން އޮފް ދަ މެޗްގެ މަޤާމަށް ހޮވިފައިވަނީ، ސްޓްރައިކަރސްގެ ޢަބްދު ﷲ ޝަނޫންއެވެ.

މި މުބާރާތުގެ އިތުރު 2 މެޗް މިރޭ ވެސް އޮންނާނެއެވެ. މިރޭގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ، މިއެސްޓަރ އާއި އޮޑިޕާކް އޮރިޖިންއެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ، ޑަވް އާއި ފިލަމެންޓެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ